22 ނޮވެމްބަރު 2024

Advertisement

ހަވާއެރުވުމާއެކު ޕީއެންސީ އިން މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

22 އޭޕްރީލު 2024

ހަވާއެރުވުމާއެކު ޕީއެންސީ އިން މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީއެންސީ އިން ބުނީ މިއީ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

މިޖަލްސާ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގައި ބާއްވާއިރު، ޖަލްސާ ނިމުމުން ހަވާއެރުވުން ވެސް އޮންނާނެކަމަށް ޕީއެންސީ އިން ބުނެއެވެ.

Advertisement

މަޖިލީސް އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މަޖިލީހުގެ ސުޕާ މެޖޯރިޓީން ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ.

އެގޮތުން މިހާތަނަށް ލިބުނު ނަތީޖާއަށް ސަރުކާރަށް 73 ގޮނޑިއެއް ވަނީ ކާމިޔާބުވެފައެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރާއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއް ވަނީ ކާމިޔާބު ކުރައްވާފައެވެ.

Advertisement

ކޮމެންޓް