22 ނޮވެމްބަރު 2024

Advertisement

ޕީއެންސީ އިން އިންތިހާބު ކާމިޔާބުކުރީ 'ހުސްގޮނޑި' ދައްކައިގެނެއް ނޫން: ގާސިމް

22 އޭޕްރީލު 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީއެންސީ އިން އިންތިހާބު ކާމިޔާބުކުރީ 'ހުސްގޮނޑި' ދައްކައިގެނެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ގާސިމްގެ ޕޯސްޓުގައި ވިދާޅުވީ މަޖިލީސް އިންތިހާބުގައި ޕީއެންސީ އިން ހޯދި ސުޕަރ މެޖޯރިޓީ އަކީ ރައީސަށް ދިވެހީންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަމުގެ އަލިގަދަ ހެއްކެއް ކަމުގައެވެ.

Advertisement

މީގެ އިތުރުން ޕީއެންސީގެ ކާމިޔާބަކީ ވަކި 'ބޭފުޅަކަށް' ހުސްގޮނޑިއެއް ބަހައްޓަވައިގެން ކުރި މަސައްކަތުގެ ނަތީޖާ އެއް ނޫންކަން މިއަދު ރައްޔިތުން ކަށަވަރުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު އާއި ޕާޓީގެ ލީޑަރޝިޕް އިންތިހާބުގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނަށް ގާސިމް ވަނީ މަރުހަބާ ދަންނަވާފައެވެ.

ގާސިމް މިގޮތަށް ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވެސް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައެވެ. އެއީ މިހާރުވެސް ފުރުއްވަމުން ގެންދަވާ ގޮނޑި، މާމިގިލީ ދާއިރާއަށެވެ.

Advertisement

ކޮމެންޓް