18 އޭޕްރީލު 2025

Advertisement

މިއަހަރުގެ އޯލެވްލް އިމްތިހާނު ފަށައިފި

25 އޭޕްރީލު 2024

މިއަހަރުގެ އޯލެވްލް އިމްތިހާނު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އިމްތިހާނުގައި 7501 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޯލެވަލް އާއި އެސްއެސްސީ އިމްތިހާނު 256 މަރުކަޒެއްގައި ކުރިއަށް ދާނެ ކަމަށެވެ.

އެސްއެސްސީ އިމްތިހާނުގައި 7133 ދަރިވަރުން ބައިވެރިވާ ކަމަށާއި މިއީ ހުސްވި އަހަރާއި އަޅާ ބަލާއިރު 803 ދަރިވަރުންގެ އިތުރު އަދަދެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

Advertisement

މި އިމްތިހާން ކުރިއަށްދާނީ 25 އޭޕްރީލުން 13 ޖޫންއާ ހަމައަށެވެ. އޯލެވެލް އިމްތިހާނަކީ މި މުޖްތަމުއުގައި މަދުރަސީ ހަޔާތުގައި އެންމެ މުހިންމު އިމްތިހާނުކަން ފާހަގަ ކޮށްލެވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް ކާމިޔާބީ އަށް އެދި ޓްވީޓުކޮށްފައެވެ.

Advertisement

ކޮމެންޓް