ކަރަންޓު ބިލުން ޑިސްކައުންޓު ދިނީ ރައްޔިތުންނަށް ލުއި ފަސޭހަގޮތަށް
ކަރަންޓު ބިލުން ޑިސްކައުންޓު ދިނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަގޮތަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި އޭނާ ވިދާޅުވީ ރޯދަ މަސް ފެށޭ ދުވަހާއި ނިމޭ ދުވަހު މާލޭގެ ހުރިހާ ތަނަކުން ރީޑިންގ ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، ލުއި ދީފައިވަނީ ރޯދަ މަހުގެ ބޮޑުބައެއް ހިމެނޭ ގޮތަށް ކަމަށާއި އެގޮތުން ބައެއް ބިލް ތަކުގައި ތަފާތެއް އުޅުނުނަމަވެސް އެ ބިލްތައް ހަމަޖައްސާފައިވާނީ ޖެހިގެން އައި މަހުގެ ބިލުން ކަމަށް ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ރޯދަ މަހުގައި ފެނާއި ކަރަންޓު ހިމެނޭހެން ސްޓެލްކޯއިން 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވާނީ ރައްޔިތުންނަށް ދެވިފައި ކަމަށެވެ.