22 ނޮވެމްބަރު 2024

Advertisement

ސޯފިއާ ވެރްގާރާ އާއި ޖޯ މަންގަނިއެލޯ ވަރިވާން ނިންމައިފި

18 ޖުލައި 2023
-

ސޯފިއާ ވެރްގާރާ އާއި ޖޯ މަންގަނިއެލޯގެ ގާތްގަނޑަކަށް އަށް އަހަރު ދުވަހުގެ ކައިވެނި ރަސްމީކޮށް ނިމުމަކާއި ކައިރިވެއްޖެ އެވެ.

ހޯމަ ދުވަހު ޕޭޖްސިކްސް އިން ނެރުނު ބަޔާނެއްގައި އެ ދެމަފިރިން ވަނީ "ވަރިވާން އުނދަގޫ ނިންމުން ނިންމާފައި" ކަމަށް ބުނެފަ އެވެ.

"އެކަކު އަނެކަކަށް ދެކެ ވަރަށް ލޯބިވާ އަދި އަޅާލާ ދެ މީހެއްގެ ގޮތުގައި އަހަރެމެންގެ ދިރިއުޅުމުގެ މި އާ މަރުހަލާގައި ދަތުރުކުރާއިރު މިވަގުތު އަހަރެމެންގެ ޕްރައިވެސީއަށް އިހުތިރާމް ކުރުމަށް އަދަބުވެރިކަމާއެކު އެދެން،" އެމީހުންގެ ބަޔާނުގައިވެ އެވެ.

Advertisement

“މޮޑަން ފެމިލީ” ގެ ތަރި 2015 ވަނަ އަހަރު ޕާމް ބީޗްގައި ބޭއްވި ފަޚުރުވެރި ކައިވެންޏެއްގައި މަންގަނިއެލޯއާ ކައިވެނި ކުރިއިރު، އެ ވަގުތު ވެރްގާރާ އޭނާގެ އިންސްޓަގްރާމް ޕޭޖަށް ޕޯސްޓްކުރި ސިލްސިލާ ފޮޓޯތަކުން ފެނެ އެވެ.

ހަ މަސް ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު މިދެތަރިން އެންގޭޖް ވީ 2014 ވަނަ އަހަރު އެވެ.

މަންގަނިއެލޯ އެންމެ ފަހުން ވަނީ މި މަހުގެ ކުރީކޮޅު ވެރްގާރާއާ އެކު ފޮޓޯއެއް އާންމުކޮށްފަ އެވެ.

ވެރްގާރާ ވަނީ ޖޫން މަހު މަންގަނިއެލޯއާ އެކު ކުރިން ޗުއްޓީއެއްގައި އިޓަލީގައި ނަގާފައިވާ ތްރޯބެކް ފޮޓޯއެއް ހިއްސާކޮށްފަ ވެއެވެ.

Advertisement

ކޮމެންޓް