22 ނޮވެމްބަރު 2024

Advertisement

މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަނީ

05 މޭ 2024

މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މިއީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހީދާ މީހެއް ކަމަށެވެ.

އޭނާ އަކީ އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއް ކަމަށާއި އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

Advertisement

މީގެ އިތުރުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް ވަނީ އަންގައި އިއުލާނުކޮށްފައެވެ.

ފުލުހުންގެ ތަހުގީގަށް ހޯދަނީ އިބްރާހީމް ނާޝިދު، ގދ. ތިނަދޫ / ސަކީނާމަންޒިލް، (34އ) އެވެ.

އޭނާ ހާޒިރުވާންޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް މެއި 12 ވަނަ ދުވަހުގެ 08:30 އަށެވެ.

Advertisement

ކޮމެންޓް