ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ޖުލައި މަހު ހުޅުވަނީ
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ޖުލައި މަހު ހުޅުވަން ނިންމާފައިވާ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންތައް ތަރައްގީ ކުރުމަށް ދުބާއީގެ އިފްޒާ ކުންފުންޏާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހު ވަރަށް ބޮޑަށް ބަދަލު ކުރެވޭނެ މަޝްރޫއެއް ކަމަށެވެ. އަދި އެ ބޭންކުގައި ސަރުކާރުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުގެ ހިއްސާ ވެސް އޮންނާނެ ކަމަށެވެ.
އޭގެ ޝައުގުވެރިކަން މިހާރު ވެސް ބޭރުގެ ބައެއް އިންވެސްޓަރުން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ޔޫކޭއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރުގައި ފައިނޭންޝިއަލް އެސޯސިއޭޝަންތަކާއި އަދި އިންވެސްޓްމެންޓް އެސޯސިއޭޝަންތަކާއި ފައިނޭންޝިއަލް ސެކްޓާގައި ހިމެނޭ ވަރަށް ގިނަ ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ޔޫކޭއަކީ ފައިނޭންޝިއަލް ސެކްޓާގެ އިލްމު ހުރި ބަޔަކަށްވާތީ އެ ބޭފުޅުންނާއެކު މަސައްކަތްތަކެއް ކުރައްވަން ރައީސް ބޭނުންފުޅުވާ ކަމަށެވެ. އަދި މި އަންނަ ޖުލައި މަހު 10 ވަނަ ދުވަހު ޔޫއެސްގެ ވޮޝިންޓަންއަށް ދަތުރެއް ކުރައްވާ ކަމަށާއި އެ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ
މި ސިސްޓަމް އެއްކޮށް ވަރުގަދަ ކުރުމަށްޓަކައި ޔޫއެސްއާއެކު މިކުރަން ޖެހޭ މަސައްކަތްތަކެއް ކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.