އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ސޮފްޓްވެއާ ސާވިސަސް އެކްސްޕޯޓަރު އިންފޯސިސް (INFY.NS) އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އޮޓޮމޭޝަންގެ ހިދުމަތް ދިނުމަށް މިހާރުގެ ކްލައިންޓަކާ އެކު ފަސް އަހަރަށް ވުރެ ދިގު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުގައި ދެ ބިލިއަން ޑޮލަރު ޙަރަދު ކުރާނެކަމަށް ބެލެވެއެވެ.
އޭއައި އާއި އޮޓޮމޭޝަނާ ގުޅުން ހުރި ޑިވެލޮޕްމަންޓްކުރުމާއި، ޒަމާނީކޮށް ބެލެހެއްޓުމުގެ ހިދުމަތްތައް މި އެއްބަސްވުމުގައި ހިމަނާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
އެ ކުންފުނިން ކްލައިންޓުގެ ނަމެއް ހާމައެއް ނުކުރެ އެވެ.
އިންފޯސިސް އިން މި ފިޔަވަޅު އަޅާފައިވަނީ ވާދަވެރި ޓާޓާ ކޮންސަލްޓެންސީ ސާވިސަސް (ޓީސީއެސް.އެންއެސް) އިން މައިކްރޮސޮފްޓްގެ (އެމްއެސްއެފްޓީ.އޯ) އެޒޫރް އޯޕަން އެއައި އިން ސެޓްފިކެޓް ހޯދުމަށް 25،000 އިންޖިނިއަރުން ތަމްރީނު ކުރަން ރާވާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ. ވާދަވެރި އެހެން ވިޕްރޯ (ވައިޕީއާރު.އެންއެސް) އިން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ރާވާފައި ވާކަމަށް ހަބަރުތައް ބުނެއެވެ.
ބެންގަލޫރުގައި ހުންނަ އިންފޯސިސް އިން ވަނީ ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އިންފޯސިސް ޓޮޕާޒްގެ ނަމުގައި ޕްލެޓްފޯމެއް މެއި މަހުގެ ފަހުކޮޅު ތައާރަފްކޮށްފަ އެވެ.
އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާ ރިޕޯޓްކުރާނީ ޖުލައި 20 ވަނަ ދުވަހު ކަމަށް ބެލެވެ އެވެ.