އުޅަނދެއްގެ ތެރޭގައި ބިދޭސީއެއް މަރުވެފައި އޮއްވާ ފެނިއްޖެ
އުޅަނދެއްގެ ތެރޭގައި ބިދޭސީއެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އެ މީހާ ފެނިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ތެރޭން ކަމަށެވެ.
ފުލުހުން ބުނީ އެ އުޅަނދު ޕާކްކޮށްފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކުރިމަތީ މަގުގައި ކަމަށެވެ. އަދި އެ އުޅަނދުގައި ޚަބަރު ހުސްވެފައި އޮތް މީހާ ފެނިގެން އެމީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ބުނާ ކަމަށް ފުލުހުން ބުނެއެވެ.
އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަން ނުވަތަ ނޫން ކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.