މަކަރާ ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައިވަނީ، ޠަލްހަތު ވާފިރު، ޏ. ފުވައްމުލައް / މާދަޑު، ނަސްރީނުގެ އެވެ.
ފުލުހުން ވަނީ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 26 ވަނަ ދުވަހުގެ 11:00 އަށް ހާޒިރުވުމަށް އަންގާފައެވެ.
މައްސަލަތަކުގެ ތަހުގީގަށް މީހުން ހޯދަން އިއުލާނު ކުރަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ފަރާތްތަކުގެއެވެ. މިގޮތަށް އިއުލާނުކުރަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.