22 ނޮވެމްބަރު 2024

Advertisement

ދިވެހި ފިލްމު ފުރޭތަ މީޑިއާ ނެޓަށް އަންނަނީ

19 މޭ 2024

ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ގެނެސްދިން ދިވެހި ފިލްމު "ފުރޭތަ" މީޑިއާނެޓްގެ ވީޑިއޯ ކުލަބުގައި ސްޓްރީމްކުރަން ނިންމައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ މި މަހު 30 ވަނަ ދުވަހު ފިލްމު ވީޑިއޯ ކުލަބުގައި ސްޓްރީމް ކުރާނެކަމަށެވެ.

މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކޮށްފައިވާ ރިވެންޖް އެކްޝަން ތުރިލަރ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކޮށްފައި ވަނީ އަހުމަދު ތޮލާލެވެ.

Advertisement

ބަދަލު ހިފުމާއި އިންސާފުގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑު ތަރިއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޝަރަފް އެވެ. މޮގާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ރަވީ ފާރޫގެވެ.

"ފުރޭތަ" ގެ ތަރިންގެ ތެރޭގައި އަހްމަދު މަނިކު، ރަވީ ފާރޫގް، މުހައްމަދު ރިފްޝާން، ޝަރަފް އަބްދުﷲ، އަހްމަދު ސައީދު، އަހްމަދު ނާޝިތު އަދި އަންޖު އެވެ. ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

Advertisement

ކޮމެންޓް