23 ނޮވެމްބަރު 2024

Advertisement

ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރާ ފަލަސްތީނުގެ ފުރަތަމަ އަންހެނާ ހެބާ ސާދީހް

19 ޖުލައި 2023
-

ތާރީހްގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރާ ފަލަސްތީނުގެ ފުރަތަމަ މީހާގެ ޝަރަފު ހެބާ ސާދީހް ވަނީ ލިބިފައެވެ.

އޮސްޓްރޭލިއާ އާއި ނިއުޒީލެންޑުން ގުޅިގެން ބާއްވާ އަންހެނުންގެ ވޯލްޑް ކަޕްގައި ހެބާ އޮފިޝަލް ކަން ކުރާނެއެވެ.

ފަލަސްތީނަށް އުފަން އުމުރުން 34 އަހަރުގެ ހެބާ ބޮޑުވީ ސީރިއާގަ އެވެ. 2010 ވަނަ އަހަރު ޔުނިވާސިޓީގައި ކުޅިވަރުގެ ތައުލީމު ކިޔަވަމުން ދިޔައިރު ރެފްރީންގެ ތަމްރީނުތަކުގައި އެއްވެސް އަންހެނަކު ބައިވެރި ނުވާކަން ފެނުމުން އޭނާ ނިންމީ އެކަން ކުރިއަށް ގެންދިއުމަށެވެ.

Advertisement

ސީރިއާ ހަނގުރާމަ ފެށުމަށް ފަހު 2012 ވަނަ އަހަރު މެލޭޝިއާއަށް ބަދަލުވެ އެތަނުން ރެފްރީކަން ކުރަން ފެށި އެވެ. އދ. ގެ ރީސެޓްލްމަންޓް ޕްރޮގްރާމެއްގެ ތެރެއިން އާއިލާއާއެކު 2016 ވަނަ އަހަރުގެ ފަހުކޮޅު ސްވިޑެންއަށް ބަދަލުވުމަށް ފަހު، މިހާރު އޭނާ އަކީ ސްވިޑެންގެ އަންހެން ލީގުގެ އެންމެ މަތީ ފަންތީގެ ރެފްރީއެކެވެ.

އަންހެން އޭއެފްސީ ކަޕާއި އޭޝިއަން ކަޕް މެޗުތަކާއި ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގެ މެޗުތަކުގައި ވެސް އޮފިޝަލްކަން ވަނީ ކޮށްދީފައިވެއެވެ. އަދި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގައި ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.

ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ހެބާގެ ފޯކަސް ހުރީ ވޯލްޑް ކަޕްގެ ކުރިން ފުލްޓައިމް ރެފްރީގެ މަގާމަށް ކަމަށާއި އަމާޒަކީ ފުޓްބޯޅައިގެ އެންމެ މޮޅު އެއް ރެފްރީއަކަށް ވުމެވެ.

Advertisement

ކޮމެންޓް