24 ނޮވެމްބަރު 2024

Advertisement

ފުވައްމުލަކުގެ އިމާމަކު ސަސްޕެންޑްކޮށްފި

ދީނީ އިލްމުވެރިންތަކެއްގެ މައްޗަށް ދޮގު ތުހުމަތުކޮށް ފުރައްސާރަ ކުރަމުން އައި މައްސަލައަކާ ގުޅިގެން ފުވައްމުލަކުގެ އިމާމަކު ސަސްޕެންޑްކޮށްފި އެވެ.

އަދާލަތު ޕާޓީ އަށް ނިސްބަތް ވާ އެ އިމާމުގެ މައްސަލަ ބަލަމުން އަންނާތީ ސަސްޕެންޑްކުރީ މަސް ދުވަހުގެ މުއްދަތަށެވެ.

އޭނަ ދީނީ އިލްމުވެރިންނަށް ދޮގު ތުހުމަތުތައް ފުރައްސާރަކުރަމުން ދިޔަ މައްސަލައިގައި އިލްމުވެރީންގެ ހާއްސަ ވައިބާ ގުރޫޕް "އިލްމުވެރީންގެ ގުޅުން" ގައި ބައެއް އިލްމުވެރީން އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅު އަޅަން ގޮވާފައިވެ އެވެ.

Advertisement

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެ މީހާ އިމާމުވެ ހުކުރު ކުރުން ހުއްޓުވައި 30 ދުވަހަށް ސަސްޕެންޑްކޮށް މާލެ ދާން ވެސް އަންގާފައިވާ ކަމަަށެވެ. އަދި އޭނަ މާލެ ގެންގޮސް ތަހުގީގުކޮށް ނަސޭހަތް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް