ގެސްޓްހައުސްއެއްގައި މީހަކު ރަހީނުކޮށްގެން އުޅޭތީ ފުލުހުން ހަރަކާތްތެރިވަނީ
މާފަނުގަައި ހުރި ގެސްޓްހައުސްއެއްގައި މީހަކު ރަހީނުކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މާފަންނުގައި ހުރި ގެސްޓްހައުސްއެއްގެ ތެރޭގައި ނޭޕާލު މީހަކު ރަހީނުކޮށްގެން އުޅޭކަމުގެ މަޢުލޫމާތުލިބިގެން ފުލުހުން އެ ގެސްޓްހައުސްގައި ހަރަކާތްތެރިވަމުންދާކަމަށެވެ.
ނޭޕާލުމީހާ ރަހީނުކޮށްފައިވަނީ ކޮން ބައެއްކަމެއް އަދި ކީއްވެގެންކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެެވެ.
މިފަހަކަށް އައިސް މާލޭ ސަރަހައްދުގައި މީހުން ރަހީނުކޮށް ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ދަނީ ގިނަވަމުންނެވެ.