22 ނޮވެމްބަރު 2024

Advertisement

ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

25 މޭ 2024

ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ވިލިމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަކަމަށާއި މި އަންހެން ކުއްޖާ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން ވަނީ ފަށާފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ، ތ.މަޑިފުށި/ނައިޓްރޯސް، އައިޝަތު ޒޯޔާއެވެ. 

Advertisement

ޒޯޔާ އެންމެ ފަހުން ފެނިފައިވަނީ މި މަހު 21 ވަނަ ދުވަހުގައި އެ ކުއްޖާ ދިރިއުޅޭ ގެ، ވ. ނާލިސް، އިން ކަމަށް އާއިލާއިން ވަނީ ބުނެފައެެވެ.

ޒޯޔާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލޭ ޕްލިސްޓޭޝަންގެ 9790083 އަށް ގުޅުއްވާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް