22 ނޮވެމްބަރު 2024

Advertisement

ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑުކުރެވިއްޖެ

27 މޭ 2024

ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑުކުރެވިއްޖެއެވެ.

މެޓް އޮފީހުން ބުނީ ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރެކޯޑު ކުރެވިފައިވާ ކަމަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ އެ މީޓަރަށް ބިންހެލުމުގެ އަސަރު ރެކޯޑު ކުރެވިފައި ވަނީ މިރޭ 8:27 ގައި ކަމަށެވެ.

Advertisement

 މި ބިންހެލުން އައިސްފައިވަނީ 4.5 މެގްނިޓިއުޓް ގައި ކަމަށް ވެސް މެޓުން ބުނެއެވެ. އަދި ރާއްޖެއާ 216 ކިލޯމީޓަރު ދުރަށް ކަމަށެވެ.

އެހެންނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް އޮތްކަމަށް ނުބެލެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް