ޗައިނާއިން އެމެރިކާ އަށް ދެ ޕެންޑާ ފޮނުވަނީ
ވޮޝިންޓަންގެ ގައުމީ ޒޫއިން ބުނެފައިވަނީ މި އަހަރު ނިމުމުގެ ކުރިން ޗައިނާއިން އެގައުމަށް ދެ ޖަޔަންޓް ޕެންޑާ ފޮނުވާނެ ކަމަށެވެ.
ސްމިތުސޮނިއަންގެ ނޭޝަނަލް ޒޫ އެންޑް ކޮންޒަވޭޝަން ބަޔޮލޮޖީ އިންސްޓިޓިއުޓުން ބުދަ ދުވަހު އިއުލާން ކުރި ގޮތުގައި 2 އަހަރުގެ ފިރިހެން އަދި އަންހެން ޕެންޑާ ޖޯޑަކަށް މިއަހަރު މަރުހަބާ ކިޔާނެ އެވެ.
ޒޫއިން ބުނާ ގޮތުގައި ފިރިހެން ޕެންޑާ، ބާއޯ ލީ އަކީ ޒޫގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅުމަށް ފަހު މިދިޔަ އަހަރު ޗައިނާއަށް އަނބުރާ ގެންދިޔަ ޖޯޑެއްގެ ކާފަދަރިއެކެވެ.
ފަސްޓް ލޭޑީ ޖިލް ބައިޑަން ވީޑިއޯއެއްގައި ވިދާޅުވީ "މި ތާރީހީ ވަގުތު ފާހަގަ ކުރަން ކެތް ނުކުރެވޭނެ...ޕަންޑާތައް އަނބުރާ ޑީސީއަށް އަންނަނީ" ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އެމެރިކާގެ ޒޫތަކުން ޕެންޑާތައް ޗައިނާއަށް އަނބުރާ ފޮނުވަމުން ގެންދަނީ ލޯނު އެއްބަސްވުންތައް ނިމުމަކަށް އައިސް، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން ހީނަރުވުމުން އެ އެއްބަސްވުންތައް އާ ނުކުރެވިގެންނެވެ. މިދިޔަ ނޮވެމްބަރު މަހު ވޮޝިންޓަންގެ ޒޫއިން ތިން ޕެންޑާ އަނބުރާ ފޮނުވާލުމުން މިހާރު ޖޯޖިއާ ސްޓޭޓްގައި ޕެންޑާ ހުންނަނީ ހަމައެކަނި އެންމެ ޒުލެއްގަ އެވެ.