22 ނޮވެމްބަރު 2024

Advertisement

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް

02 ޖޫން 2024

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ލިބިއްޖެއެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީޚީ ނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބޭ ހުރިހާ ޙައްޤެއް ފަލަސްޠީނަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ލިބިގެންދާނެއެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ފަލަސްތީނާއި ގުޅޭގޮތުން ނެގި ވޯޓުގައި ރާއްޖެއިންވަނީ ބައިވެރިވެފައެވެ. އެގޮތުން ރާއްޖެއިން ވަނީ އެޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމަށް ވޯޓު ދީފައެވެ.

Advertisement

77ވަނަ ވޯލްޑް ހެލްތު އެސެމްބްލީ ކުރިއަށް ދިޔައީ ސުވިޓްޒަލޭންޑުގެ ޖެނީވާގައެވެ. 192 ޤައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި މި އެސްމްބްލީގެ މިއަހަރުގެ ޝިއާރަކީ "އޯލް ފޯ ހެލްތު، ހެލްތު ފޯ އޯލް' އެވެ. އެގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ގޮންޖެހުންތަކާއި ކުރިމަގުގައި އިސްކަންދޭނެ ދާއިރާތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

Advertisement

ކޮމެންޓް