ލޯންޗު ކައްޕިގެ ބަންދަށް 15 ދުވަސް
އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހި މަރުވި މައްސަލައިގައި ހައްޔަރުކުރި ލޯންޗު ދުއްވި މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.
އދ. ދަނގެތި ކައިރީގައި ފާނަ ބާނަން އުޅުނު މީހެއް ގައިގައި ލޯންޗަކުން ޖެހިފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެމީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ލޯންޗު ދުއްވި ކައްޕި ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ނިޔާވެފައިވަނީ ބިދޭސީ ފިރިހެނެކެވެ. އަދި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.