ދިވެހިންގެ އެހީގައި ގާޒާގައި މިސްކިތެއް ބިނާކޮށްފި
އިޒްރޭލުގެ ވަރުގަދަ ހަމަލާތަކުގައި މިހާރު ވަރަށް ބޮޑަށް ސުންނާފަތިފައި އޮތް ގާޒާގައި ދިވެހިންގެ އެހީގައި މިސްކިތެއް ބިނާކޮށް، ބޭނުން ކުރަން ފަށައިފި އެވެ.
މިކަން ސޯޝަލް މީޑިއާގައި ހިއްސާކޮށް އެ މަސައްކަތުގައި އިސްކޮށް އުޅުނު ދިވެހި ޖަމިއްޔާ، ހިދުމަތުން ބުނީ މި ފަހަރު ދިވެހިންގެ އެހީގައި މިސްކިތެއް ބިނާކުރެވުނީ މަސްޖިދުލް އަޤްޞާ އާއި އެތާނގެ ވަށައިގެންވީ ސަރަޙައްދުގެ މާތް ބިމުން ތަންކޮޅެއްގައި ކަމަށެވެ.
އެގޮތުން ގާޒާގައި ބިނާކުރި މިސްކިތަކީ މި ވަގުތު ވަގުތީ މިސްކިތެއް ކަމަށް ހިދުމަތް ޖަމިއްޔާ އިން ބުުންޏެވެ.