ފޭރޭ ދެމަފިރިއަކު ހައްޔަރުކޮށްފި
މާލޭގައި މީހުން ރަހީނުކޮށް، ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައި، ބިރު ދައްކައި ފައިސާ ފޭރޭ މައްސަލައެއްގައި ދެމަފިރިއަކު ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފި އެވެ.
އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ 26 ގަ އެވެ. އެ މީހުން ހައްޔަރުކޮށް އޭރު 40 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް އަދި 39 އަހަރުގެ އަންހެން މީގެ ބަންދަށް 10 ދުވަސް ޖެހި އެވެ. އަދި އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ޖަހާފައިވެ އެވެ.
ދެމަފިރިންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ ބިރު ދެއްކުމާއި ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމާއި އޮރިޔާން ކާޑު އުފެއްދުމުގެ އިތުރަށް ފޭރުމެވެ.
އެ މީހުންގެ ބަންދު ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ތުހުމަތު ކުރަނީ ކުށުގެ އަމަލުތަކުގައި ދެމަފިރިންނާ އެކީ އިތުރު ބަޔަކު ވެސް ޝާމިލުވާ ކަމަށެވެ. އެހެންވެ މިއީ ޖަމާއަތެއް ހަދައިގެން ހިންގާ ކުށެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް މީހުން ކިޑްނެޕް ކުރުމާއި ފޭރުމާއި ބިރު ދެއްކުމާއޮ އޮރިޔާންކާޑު އުފެއްދުން ފަދަ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.