ކުޅުދުއްފުށި ކްލިނިކަކުން ވައްކަން ކޮށްފި
ކުޅުދުއްފުށި ސިޓީގައި ހުންނަ ކްލިނިކަކުން ވައްކަން ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ކްލިނިކުން ވައްކަން ކުރިކަމުގެ ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.