އިސްލާމްދީނުގެ އަސާސްތަކާ އެއެްގޮތަށް އީދު ފާހަގަކުރުމަށް ސަރުކާރުން އެދިއްޖެ
އިސްލާމްދީނުގެ އަސާސްތަކާ އެއެްގޮތަށް އީދު ފާހަގަކުރުމަށް ސަރުކާރުން އެދިއްޖެއެވެ.
ސަރުކާރުން ވަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށްވެސް އެދިލައްވާފައެވެ.
އީދު ފާހަގަކުރުމަށް އެންމެދުވަހަކަށް ވެފައި ވަނިކޮށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް ޢުމަރު ސޮއި ކުރައްވައި ވަނީ ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ސާކިއުލާއެއް ފޮނުއްވާފައެވެ.
އެ ސާކިިއުލާގައި ވަނީ އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން ކައުންސިލުތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ރޭވިފައި ހުންނަންވާނެ އިންތައް ފާހަގަކޮށްފައެވެ.
މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މާދަމާއެވެ.