22 ނޮވެމްބަރު 2024

Advertisement

ގުރައިދޫ މަރުކަޒުގައި "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފި

19 ޖޫން 2024

ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ 60 އިސްރަށްވެހީންނަށް ބާއްވާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކާއި އެކު ފޯރުކޮށްދެވޭ މަޢުލޫމާތު ސެޝަންތަކެކެވެ.

މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނެވެ.

Advertisement

މި ޕްރޮގްރާމެއް ހިންގުމުގެ މަޤުސަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މި މަރުކަޒުގައި ޚިދުމަތް ހޯދާފަރާތްތައް މުޖްތަމަޢުއަށް ނެރުމަށް އަހުލުވެރި ކުރުވުމެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ނަރުހުންނާއި ސޯޝަލް ވާކަރުންނެވެ.

މި ސެޝަންގައި މަޢުލޫމާތު ދެވިފައިވަނީ ދުޅަހެޔޮސިއްހަތެއްގައި ތިބުމަށް ކުރެވޭނެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކާއި، މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުން މުޙިއްމު ކަންކަމަށެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 60 މީހުން ބައިވެރިވެފައިވެއެވެ.

Advertisement

ކޮމެންޓް