22 ނޮވެމްބަރު 2024

Advertisement

ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި

29 ޖޫން 2024

ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފިއެވެ.

ހޯމް މިނިސްޓަރ އަކީ އިހްސާން ވިދާޅުވީ މީގެ ކުރިން ޢަމަލުކުރަމުން އައި އުސޫލުންނަމަ ގައިދީއެއްގެ ޕޯސްޓުމޯޓަމް ހަދަނީ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން އިތުރަށް ބެލުމަށް ނުވަތަ އާއިލާއިން އެދިގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ފަހުން ނިޔާވާ އެއްވެސް ގައިދީއަކު އާއިލާއާ ހިސާބަށް ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓުމޯޓަމް ހަދައި އެކަމުގެ ރިޕޯޓްތައް ލިބި މުއައްސާތަކުން ފުރިހަމައަށް ޖަވާބުދާރީވެވޭ ފެންވަރަށް ތައްޔާރުވެގެން ކަމަށެވެ.

Advertisement

މިގޮތަށް ނިންމާފައި މިވަނީ އިއްޔެ ޖަލުގައި ނިޔާވި މުހައްމަދު ޖަމީލު (45އ) ގެ މަރާ ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިން ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މަރާއި ގުޅިގެން މިއަދުން ފެށިގެން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަނީ ޕޯސްޓުމޯޓަމް ހެދުމަށް ފަހު ކަމަށެވެ.

ޝައްކުވާ ކަންތައްތަކެއް ހުރުމުން ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމަށް ހޯމް މިނިސްޓަރު އެންގެވި އެވެ. އެހެން ނަމަވެސް އާދޭސްކޮށްގެން ވެސް އާއިލާއިން އެގޮތް ބޭނުންނުވި ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންވެ ފަތިސް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ޖަމީލުގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.

Advertisement

ކޮމެންޓް