22 ނޮވެމްބަރު 2024

Advertisement

ޕޯޓް ސޫދާންގައި ބޯޓެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެ

24 ޖުލައި 2023
-

ސޫދާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޕޯޓް ސޫދާނަށް ބޯޓެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެ އެވެ.

“ޓެކްނިކަލް ފެއިލްވުމެއްގެ ސަބަބުން މިއަދު ޕޯޓް ސޫދާން އެއާޕޯޓުގައި މަތިންދާބޯޓެއް ވެއްޓި، ހަތަރު އަސްކަރީ މުވައްޒަފުން ހިމެނޭ ގޮތަށް ނުވަ މީހަކު މަރުވެއްޖެ. ބޯޓު ވެއްޓުމުން އެއް ކުއްޖަކު ސަލާމަތްވީ،” ސޫދާން ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ބޯޓު ވެއްޓުނީ ސޫދާނުގައި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވެރިރަށް ޚާރްޠޫމް އާއި ހުޅަނގު ސޫދާނުގެ ސްޓޭޓްތަކާ ދެމެދު ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް ޕެރަމިލިޓަރީ ގްރޫޕާ ދެމެދު ހަނގުރާމަ ފެށިތާ 100 ދުވަސް ފަހުންނެވެ.

Advertisement

އެގައުމުގެ އިރުމަތީ އައްސޭރީގައި އޮންނަ ރަތް ކަނޑުގެ ސްޓޭޓްގެ ޕޯޓް ސޫދާނަކީ ހަނގުރާމަ ފެށުނު ފަހުން ސޫދާނުގެ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އެއް ސިޓީ އެވެ.

ޕޯޓް ސޫދާން އެއާޕޯޓަކީ އަދިވެސް އެގައުމުގައި މަސައްކަތްކުރާ ހަމައެކަނި އެއާޕޯޓަކަށް ވާތީ، އެ ސިޓީއަކީ ވަރަށް ބޭނުންވާ ބޭރުގެ އެހީތަކަށް މުހިންމު ޓްރާންސިޓް ޕޮއިންޓެކެވެ.

މި ހަނގުރާމައިގައި މުޅި ސޫދާނުގައި މަދުވެގެން 3000 މީހުން މަރުވެފައިވާ ކަމަށް އަންދާޒާކެރެވެއެވެ.

Advertisement

ކޮމެންޓް