ބެލިންގހަމްގެ މޮޅު ގޯލުން އިންގްލެންޑް ސަލާމަތްވެ ކްއާޓާ ފައިނަލަށް
އިތުރު ވަގުތުގައި ބެލިންގހަމް ޖެހި ބައިސިކަލް ކިކް ގޯލުން ސަލާމަތްވެ, ޔޫރޯ ފުޓްބޯޅަ މުބާރަތުގެ ކްއާޓާ ފައިނަލުން އިންގްލެންޑް ޖާގަ ހޯދައިފި އެވެ.
އިންގްލެންޑް ކްއާޓާ ފައިނަލުން ޖާގަ ހޯދީ 1-0 ން ސްލޮވާކިޔާ ކުރީގައި އޮވެ, އިންގްލެންޑް ކަޓާނެ ކަމަށް ބެލެވިފައި ވަނިކޮށް, އިތުރު ވަގުތުގެވެސް ފަހު ސިކުންތު ކޮޅުގެ ތެރޭގައި ބެލިންގހަމް ޖެހި މޮޅު ގޯލުން ނަތީޖާ ހަމަހަމަވެ, ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި ކުރި ހޯދައިގެންނެވެ. އިންގްލެންޑް މެޗު ކާމިޔާބުކުރީ 2-1 ނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ސްލޮވާކިޔާއިންނެވެ. 25 ވަނަ މިނިޓްގައި އިންގްލެންޑް ސިއްސުވާލީ އިވާން ޝްރާންޒް އެވެ.
އިންގްލެންޑުން މެޗު އަނބުރާލީ އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ ކުޅުން ފަށާ ފުރަތަމަ މިނިޓްގައެވެ. އިވާން ޓޯނީ ބޮލުން އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ ގޯލް އޭރިޔާ ތެރެއިން ކެޕްޓަން ހެރީ ކޭން ގޯލަށް ފޮނުވާލީވެސް ބޮލުންނެވެ.
އިންގްލެންޑް ކްއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ ސްވިޒަރލެންޑާއެވެ.