އެލްސިއޯން ބޭކަރީ ކައިރި ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފި
ފުލޫނިއާ މަގުގައި ހުންނަ އެލްސިއޯން ބޭކަރީ ކައިރި ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިހާދިސާގައި ދެ މީހާކަށް އަނިޔާ ލިބިފައިވާ ކަމަށާއި އެދެމީހުންނަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.