22 ނޮވެމްބަރު 2024

Advertisement

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު އަދި ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާރވޭ ކުރާނެ ބަޔަކު ހޯދަނީ

04 ޖުލައި 2024
ފޮޓޯ: ސަން އޮންލައިން

މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު އަދި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު  ކަނޑައެޅުމަށް ސާރވޭ ކުރާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.

މިއަދު މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި މި ސާރވޭގެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 18 ވަނަ ދުވަހުގެ 13:00 އަށް ހ.ހުޅުގަލި 1ވަނަ ފަންގިފިލާ، ކަރަންކާމަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަންގެ މީޓިންގ ރޫމްއަށް ހުށަހެޅުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، އިތުރު މައުލޫމާތު ބޭނުންވާނަމަ 16 ޖުލައިގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދިނުމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.

Advertisement

މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މާލޭގައި ދުއްވޭ ވެހިކަލްގެ އަދަދު ކަނޑައަޅާނެ ކަމަށް ވެސް ވަނީ އެ ބައްދަލުވުމުގައި އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ވިސްނާފައި އޮތީ ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން، އެ އަދަދު ކަނޑައަޅަންޖެހޭ، ކުރިއަށް އޮތް ހަ މަސް ތެރޭގައި އަޅުގަނޑު އެކަން ކުރާނަން، ޓްރާންސްޕޯޓް މިނިސްޓަރާ ވެސް ވާހަކަ ދައްކާފައި ވާޏީ އެކަމުގައި. މިނިސްޓަރު ވިދާޅުވި އަޅުގަނޑާއެކު މި މަސައްކަތް ކޮށްދެއްވާނެ ކަމަށް" އާޒިމް ވިދާޅުވިއެވެ.

މީގެ ދެ އަހަރު ކުރިން ވަނީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެ ނޫންވެސް ސަރަޙައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހުގައި އެކަން ތަންފީޒު ކުރުމުގައި ޢަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކޮށް ގަވައިދެއް ގެޒެޓްކޮށްފައެވެ.

Advertisement

ކޮމެންޓް