ޖަރުމަނު ކަޓުވާލާ، ސްޕެއިން ސެމީ ފައިނަލަށް
ޖަރުމަނުގައި ޖަރުމަނު ކަޓުވާލާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ސްޕެއިން ޖާގަ ހޯދައިފި އެވެ.
ސްޕެއިން ސެމީފައިނަލްގެ ޖާގަ ހޯދީ ކްއާޓާ ފައިނަލް މެޗުގެ 90 މިނިޓް 1-1 ން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ދެވަނަ ހާފް ނިމެނިކޮށް ޖެހި ލަނޑާއެކު 2-1 ން ކުރި ހޯދައިގެންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ސްޕެއިންއެވެ. ސްޕެއިން އަށް ލީޑް ނަގައިދިނީ ޑެނީ އޮލްމޯ އެވެ.
ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ފްލޯރިއަން ވިއެޓްޒް ވެފައިވަނިކޮށެވެ.
ސްޕެއިންއިން ސެމީފައިނަލް ޔަގީން ކުރީ 90 މިނިޓް 1-1 ން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ދެވަނަ ހާފް ނިމެނިކޮށް ޖެހި ލަނޑުންނެވެ. ސެމީފައިނަލަށް ގެންގޮސްދިނީ 80 ވަނަ މިނިޓްގައި ކުޅެން ނިކުއިން މެރީނޯ އެވެ. 118 ވަނަ މިނިޓްގައި އޮލްމޯ ނަގައިދިން ހުރަސް އޭރިޔާ ތެރެއިން މެރީނޯ ބޮލުން ގޯލްގެ މަތީ ކަނަށް ފޮނުވާލިއިރު ޑިފެންޑަރ ރުޑިގާ ހުރީ ބަލަހައްޓައިގެންނެވެ.
ސެމީފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ފްރާންސް އާއެވެ.