ކޮޕާ އެމެރިކާ: ޕެނަލްޓީ ޖަހައިގެން ބްރެޒިލް ބަލިކޮށް، އުރުގުއޭ ސެމީއަށް
މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބްރެޒިލް ބަލިކޮށް، އުރުގުއޭ އިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު ގޯލެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި އުރުގުއޭ އިން ކުރިހޯދީ 4-2 އިންނެވެ.
އުރުގުއޭ އިން 4 ޕެނަލްޓީ ކާމިޔާބު ކުރި އިރު ބްރެޒިލްގެ މިލިޓާއޯ އަދި ޑޮގްލަސް ލުއިސް ފޮނުވާލި ޕެނަލްޓީ އުރުގުއޭ ކީޕަރު ވަނީ މަތަކޮށްފައެވެ.
ސެމީ ފައިނަލުގައި އުރުގުއޭ ނިކުންނާނީ ކޮލަމްބިއާ އާއި ދެކޮޅަށެވެ.