ހަރަދު ކުޑަކުރުމަށް މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަނީ
ރައްޔިތުންގެ މަޖިލިސް އަދި ކައުންސިލް އިންތިހާބު އެއްކޮށް ބާއްވައިފިނަމަ، ދައުލަތުގެ ހަރަދު ވަރަށްބޮޑުތަނުން ކުޑަވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރތ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ޕީއެންސީގެ ހަރުގެ، ހ. ވެޔޮވިލާގައި މިހާރު ކުރިއަށްދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައްޔިތުންގެ ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ފުރިޔާ ހަރަދުވެފައިވާ ކަމަށެވެ. އެ އިންތިހާބަށް ކުރި ހަރަދުތަކުގެ ތެރެއިން އަދި ސާފުނުވާ ބައެއް ބިލުތައް ވެސް އެބަހުރި ކަމަށާއި އެހެންވެ، ސީދާ އެ އިންތިހާބަށް ދިޔަ ހަރަދު ވިދާލުވާން ދަތިކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ ކުރިން ނިމިދިޔަ ރިޔާސީ އިންތިހާޞުގެ ދެބުރަށް ބެލި ކަމުގައި ވިޔަސް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ދެ އިންތިހާބަކީ ހައެއްކަ މަސް ދުވަހުގެ މުއްދަތެއް އެ ދެމެދުގައި އޮތް އިންތިހާބުތަކެއް ކަމަށާއި އެހާ ގާތްގަތުގައި ބާއްވާ މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.
މި ދެ އިންތިހާބު އެކުއެކީގައި ބާއްވައިފި ނަމަ ދައުލަތުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ އެތައް ކަމެއް ސަރުކާރަށް ނިންމައި ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.