25 ނޮވެމްބަރު 2024

Advertisement

އިމްރާން ޚާން ހައްޔަރު ކުރަން އަމުރެއް ނެރެފި

25 ޖުލައި 2023
-

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމުގެ އަމުރެއް ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ނެރެފިއެވެ.

މީގެ ކުރިން މިދިޔަ މެއި މަހު ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އިމްރާން ހައްޔަރުކުރީ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އޭގެ ދުވަސްކޮޅެއްގެ ފަހުން ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

އިމްރާން ޚާން ހައްޔަރު ކުރަން އިލެކްޝަންސް ކޮމިޝަނުން ނެރުނު އަމުރާ ގުޅުން ހުރި މައުލޫމާތެއް އަދި ނޭނގޭއިރު، އެ އަމުރާ ގުޅިގެން ފުލުހުން އަމަލު ކުރާނެ ކަމެއް އަދި ސާފު ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Advertisement

ޖިއޯ އިން ވެސް އެ އަމުރާއި ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އިމްރާން މަގާމުން ދުރުކުރި ފަހުން އެކި މުއައްސަސާތަކާއި ކޯޓުތަކުގައި ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އޭގެ ތެރޭގައި ކޮރަޕްޝަނާއި ގުޅުން ހުރި ދައުވާތައްވެސް ހިމެނެއެެވެ.

Advertisement

ކޮމެންޓް