ޒިފްލީނާ 3.56 މިލިއަނަށް ފްލެޓް ގަތް މައްސަލަ އޭސީސީއަށް
ޒިފްލީނާ ހަސަން ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތް މައްސަލައެއް، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުގެ މި މައްސަލަ އާންމު ފަރާތަކުން މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ފުލުހުންނަށެވެ.
އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގު ކުރުމުގެ މެންޑޭޓު އޮންނަނީ އޭސީސީގައި ކަމަށެވެ. އަދި އެހެންވެ އޭސީސީ އަށް އެ މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައިވާ ގޮތުން
ޒިފްލީނާ ބައްލަވައިގެންފައި ވަނީ އެފް ޑަބްލިއު ރެޒިޑެންސްގެ ފްލެޓެއްއެ ފްލެޓަށް އެޗްޑީސީން ހުށަހަޅާފައި ވަނީ 3.56 މިލިއަން ރުފިޔާ ހުށަހަޅާފައިއެ އަގަށްވާ ލާރި އޭނާ ވަނީ އެއްކޮށް ދައްކަވާފައި، އަދި އެޗްޑީސީން އެކަން ކަށަވަރުކޮށްދީފައިވޭ
މި ހުކުމާ ގުޅިގެން މި ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނާއި ބައެއް އާންމުން ވަނީ، ޒިފްލީނާ ފްލެޓް ބައްލަވައިގަތީ މަގާމުގައި ހުންނަވައި ނަހަމަގޮތުގައި ކަމަށް ތުހުމަތުކޮށް، މައްސަލަ ބެލުމަށް ގޮވާލައިފައެވެ.
އެ ތުހުމަތުތަކަށް ރައްދުދެއްވައި އަމިއްލަ ފޭސްބުކް އެކައުންޓްގައި ޒިފްލީނާ ވިދާޅުވެފައިވަނީ އޭނާ ފްލެޓް ބައްލަވައިގަތީ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ކުރިން ކަމަށެވެ. އަދި ފްލެޓް ބައްލަވައިގަތް މައްސަލަ އެއްކޮށް ނިމުނީ ފްލެޓް އިމާރާތްކުރި ފަރާތާއި އެޗްޑީސީން ކުރަން ޖެހޭ އިދާރީ ކަންކަން ނިންމުމަށް ފަހު، ފްލެޓުގައި ދިރިއުޅުއްވަމުން ވަޑައިގަންނަވާތާ ހަތަރު އަހަރު ފަހުން ކަމަށެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުން އޭނާގެ ވާހަކަ އޮޅުން އަރާ ގޮތަށް ފަތުރައި، އޭނާގެ ފޮޓޯ އެކި ގޮތްގޮތަށް ބަދަލުކޮށް ބައެއް ފަރާތްތަކުން އޭނާގެ އަބުރު ކަތިލުމަށް މަސައްކަތްކުރާތީ ހިތާމަކުރައްވާ ކަމަށް ވެސް އެ ޕޯސްޓުގައި ލިޔުއްވިއެވެ.