22 ނޮވެމްބަރު 2024

Advertisement

ފަޔަރވޯކްސް ގުދަނެއް ގޮވައި 10 މީހަކު މަރުވެއްޖެ

30 ޖުލައި 2023
-

ތައިލެންޑްގެ ދެކުނުގައި ހުންނަ ފަޔަރވޯކްސް ގުދަނެއްގައި ގޮވުމެއް ގޮވައި، ކުޑަކުދިން ހިމެނޭ ގޮތަށް ދިހަ މީހަކު މަރުވެއްޖެ އެވެ. 100 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

މި ގޮވުން ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު ދެކުނު ޕްރޮވިންސް ނަރަތިވަތުގައެވެ.

އެތަނުގެ ވައިގެ ފޫޓޭޖްތަކުން ދުންގަނޑު އުފުލިގެންދާތަން ފެނެ އެވެ. ވަރަށް ބޮޑަށް ހަލާކުވެފައިވާ އެތައް އިމާރާތްތަކާއި ގެތައް ވެސް ވަށައިގެންވާ ސަރަހައްދުތަކުން ފެންނަން ހުރެއެވެ.

Advertisement

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އިމާރާތުގެ ދަށުގައި އިތުރު މީހުން ތާށިވެފައި ވެދާނެ ކަމަށެވެ. ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށް ދާ ކަމަށެވެ.

ލޯކަލް މީޑިއާތަކުން ބުނާ ގޮތުގައި މިގޮވުން މެދުވެރިވީ ގުދަނުގައި ވެލްޑިން މަސައްކަތްތައް ކުރިއަށް ގެންދިއުމުން ކަމަށެވެ.

Advertisement

ކޮމެންޓް