އީރާންގެ އިންތިހާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ނައިބު ރައީސް އީރާންއަށް
އީރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕީޒިޝްކިޔާން ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އީރާންއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް އެ ހަފްލާގައި ބައިވެރިވުމަށް އީރާންއަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
ނައިބު ރައީސް އީރާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އިމާމް ކޮމޭނީ އިންޓަނޭޝަލް އެއާޕޯޓުން މަރުހަބާ ކިޔުއްވީ އެ ގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެމްބަސީގެ ޑެޕިއުޓީ ސްޕީކާ އަލާލުއްދީން ބްރޯއުޖާޑީއެވެ.
އީރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕިޒީޝްކިޔާންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.
ޕީޒިޝްކިޔާން އީރާނުގެ އައު ރައީސް ކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި ނަމަވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި އެއީ ރަމްޒީ މަގާމެކެވެ. މީގެ ސަބަބެއްގެ ގޮތުގައި އެފަރާތްތަކުން ބުނަނީ ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ލިބިވަޑައިގަންނަވަނީ އެ ގައުމުގެ ރޫހީ އެންމެ މަތީ ވެރިޔާއަށް ކަމަށް ވާތީވެއެވެ.
އެހެންނަމަވެސް ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށްވެސް އެ މަގާމަށް ބޭފުޅުން ޢައްޔަން ކުރުމުގައި ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކުރަން ޖެހެއެ