22 ނޮވެމްބަރު 2024

Advertisement

އީރާނުގެ ރައީސްއަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ދަންނަވައިފި

31 ޖުލައި 2024

އީރާނުގެ އިންތިހާބީ އައު ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ ދަންނަވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު އިރާނުގެ ނުވަވަނަ ރައީސް ޑޮކްޓަރ ޕެޒެޝްކިއާން އެ ޤައުމުގެ ރައީސްގެ މަޤާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާ ދަންނަވައި ފޮނުއްވި މެސެޖުގައި އީރާނުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެޤައުމުގެ ޢާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ވިދާޅުވިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި އީރާނުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އީރާނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާ އަދި ކުރިއެރުން ލިބުމަށް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

މީގެ އިތުރުން އެމަނިކުފާނު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.

Advertisement

ކޮމެންޓް