މިނިވަން އުފާ ނައިޓް މާކެޓް ފަށައިފި
މިނިވަން އުފާ ނައިޓް މާކެޓް ފަށައިފިއެވެ.
ހުޅުމާލޭ ރުއްގަނޑު ސަރަޙައްދުގައި ކޖުރިއަށްދާ މި ނައިޓް މާކެޓަކީ މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ ފުރަތަމަ ނައިޓްމާކެޓެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން ރެއިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ނައިޓް މާކެޓުގައި ކުދި ފަންތިއާއި މެދު ފަންތީގެ ގިނަ ވިޔަފާތިތަކުން ވަނީ ބައިވެރިވެފައެވެ.
މިނައިޓްމާކެޓްގެ މައިގަނޑު މަޤްސަދަކީ ވިޔަފާރިތަކަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދިނުމެވެ.
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން ބުނީ މި ނައިޓްމާކެޓްގައި އަންނައުނާއި ގޭތެރެއަށް ބޭނުންވާ ގިނަ ބާވަތްތަކުގެ މުދާ، ބަޒާރުގައި ލިބެންހުންނަ އަގުތަކަށްވުރެ ހެޔޮ އަގުގައި ލިބެން ހުންނާނެކަމަށެވެ.
ނައިޓްމާކެޓްތަކަކީ އަގުހެޔޮކޮށް މުދާ ވިއްކުމަށް އެކި ދުވަސްވަރު އެކި ނަންނަމުގައި މާލެ ސަރަހައްދުގައި ގިނަވިޔަފާރިތަކަކުން ބައިވެރިވެ ބާއްވާ މާކެޓްތަކެކެވެ.