22 ނޮވެމްބަރު 2024

Advertisement

ހަޔަރ އެޑިއުކޭޝަނުގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފި

04 އޯގަސްޓު 2024

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ޙާއްސަކޮށް ވޮލެންޓިއަރކޮށް މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވައިލައިިފިއެވެ.

މިނިސްޓްރީގައި ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި، ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާހަގަކޮށް ހުށަހަޅާ ލިޔުން، ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް ސީ.ވީ ނުވަތަ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ ހުށައަޅަންވާނެއެވެ. އަދި ހުށަހަޅާފަރާތަށް 18 އަހަރު ފުރިފައި ނުވާނަމަ، ވޮލެންޓިއަރކޮށް މަސައްކަތްކުރުމާއިމެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހިމެނެއެވެ.

މިގޮތަށް ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވަލުމުގެ މަޤްސަދަކީ ކިޔަވާ ނިމިގެން ވަޒިފާގެ މާހައުލަށް އަންނަން ބެނުންވާ ދަރިވަރުންނަށް، މަސައްކަތްުގެ ތަޖްރިބާ ފޯރުކޮސްދިނުމާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެއްދުމެވެ.

Advertisement

މަސައްކަތުގެ ތަޖުރިބާގެ ސެޓްފިކެޓެއް ލިބޭ، ގޮތަށް ހުޅުވވާލެވިފައިވާ މި ފުރުސަތުގައި މަސައްކަތް ކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެވެނެއެވެ. ނަމަވެސް އެއަށްވުރެން ގިނަ ދުވަހު މަސައްކައްތް ކުރަން ބެނުންވާނަމަ އެ ފުރުސަތުވެސް ވަނި ހުޅުވާލެވިފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވައިލެވިފައިވާ މި ފުރުސަތަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 07 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:30 އެވެ.

މި ފުރުސަތާއި ގުޅޭ އިތުރު މަޢުލުމާތު ވަނީ އިޢުލާން ނަންބަރު (IUL)475-HR/475/2024/128 ގެ ދަށުން ގެޒެޓް ކުރެވިފައެވެ. (https://www.gazette.gov.mv/iulaan/301974) އަދި މަޢުލުމާތު އިތުރަށް ސާފުކުރެއްވުމަށް 3026914 ،3026951 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކޮއްގެން ލިބޭނެއެވެ.

ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް އެދޭ ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ހުށައެޅޭނެއެވެ. އެގޮތުން މެއިލް ކުރައްވާނީ [email protected] އަށެވެ.

Advertisement

ކޮމެންޓް