އިސްރަށްވެހިންނަށް އުސްތާޛާ ސާމިޔާ ދީނީ ނަސޭހަތް ދެއްވައިފި
އިސްރަށްވެހިންގެ ނާދީގައި އުސްތާޛާ ސާމިޔާ ޒަކަރިއްޔާ ދީނީ ހޭލުންތެރިކަމުގެ ސެޝަނެއް ނަންގަވައިދެއްވައިފިއެވެ.
މި ސެޝަންގައި ހަޔާތުގައި ދިމާވާ އެކިއެކި ދަތިތަކާއި ކުރިމަތިލާނެ ގޮތާއި ދުޢާކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލައި ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެއާއެކު، ދުޢާކުރުމުން އިންސާނާގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވި މި ސެޝަނުގައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބައެއްވެސް ކުރިއަށްގެންދެވިއެވެ.
ބައިވެރިން ފާހަގަކުރިގޮތުގައި މި ޚާއްސަ ސެޝަން ވެގެންދިޔައީ ދީނީ މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދިޔަ ސެޝަނަކަށެވެ.