ކިޔަވަން އުޅޭ ކޯހަކީ އެމްކިއުއޭ ހުއްދަ ލިބިފައިވާ ކޯހެއްތޯ ބެލުމަށް އެދިއްދެ
ކިޔަވަން ފެށުމުގެ ކުރިން ކިޔަވަން އުޅޭ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހުއްދަ ލިބިފައިވާ ކޯހެއްތޯ ބެލުމަށް އެއޮތޯރިޓީން އެދިއްޖެ އެވެ.
އެމްކިއުއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަތީ ތައުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކުން ހިންގާ ގިނަ ޕްރޮގްރާމްތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރު ކުރާކަމަށެވެ. އެހެންކަމުން ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެކޯހެއް ހިންގަނީ އެމްކިއުއޭ އިން ހުއްދަ ދޫކޮށްފައިވާ ގޮތަށް ކަން ކަށަވަރުކޮށް، ކިޔެވުމުގެ ފެށުމުގެ ކުރިން އެ ޕްރޮގްރާމަކާ ބެހޭ މައުލޫމާތު ހޯދުމަށް އެމްކިއުއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުން އެމްކިއުއޭ އިން ހުއްދަ ދީފައިވާ ކޯސްތަކާއި އެހެނިހެން މައުލޫމާތުތައް އެމްކިއުއޭގެ ވެމްސައިޓްއިން ލިބެން ހުންނާނެ ކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ.