22 ނޮވެމްބަރު 2024

Advertisement

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރުދެއްކި މީހެއް 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފި

09 އޯގަސްޓު 2024

ސްކޫލަކަށް ވަދެ ޓީޗަރުންނަށް ބިރުދެއްކި މީހެއް 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ޓީޗަރުންނަށް ބިރުދެއްކި މައްސަލައިގައި ބަންދުކޮށްފައި ވަނީ މއ. ކަނޑޫގެ އަލީ އަހުމަދު (41 އ) އެވެ.

މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ތުހުމަތު ކުރެވޭ މީހާ ވަނީ ސްކޫލް ތެރެއަށް ވަދެ، ސްކޫލްތެރޭގައި ޓީޗަރުންނަށް ބިރު ދައްކާފައެވެ.

Advertisement

އޭނާ އެއްވެސް މީހެއްގެ ގައިގައި އަތްލާފައި ނުވާއިރު، އޭނާ ބަންދުގައި ބަހައްޓާފައިވަނީ އޭނާ އަކީ ބިރުދެއްކުމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑެއް އޮންނަ ފަރާތަކަށް ވެފައި، މި އަމަލު ހިންގާފައިވަނީ ސްކޫލެއްގެ ތެރޭގައި އެކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަން ފާހަގަ ކުރެވޭތީ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މިމައްސަލައިގައި ބަންދުކޮށްފައިވާ މީހާގެ މައްޗަށް ދައުލަތުން ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ޑައިމޯފިން ޓްރެފިކު ކުރުމުގެ ދައުވާ ވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް