ޗައިނާއިން ވަނީ ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ހައި ޕާފޯމަންސް ސިވިލް ޑްރޯންތަކާއި އެއާ ގުޅުން ހުރި ސާމާނު އެކްސްޕޯޓް ކުރުން ކޮންޓްރޯލް ކުރަމުންދާކަން އިއުލާންކޮށްފަ އެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީ އާއި އެހެނިހެން ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު އިއުލާން ކުރި ގޮތުގައި އެކްސްޕޯޓް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ މައްޗަށް ބިނާކޮށް ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ އަހަރަށް އަމަލުކުރަން ފަށާނެކަމަށެވެ.
ޖެހިޖެހިގެން 30 މިނެޓް ނުވަތަ އެއަށްވުރެ ގިނައިރު އުދުހެވޭ އަދި އުދުހޭއިރު 7 ކިލޯ ނުވަތަ އެއަށްވުރެ ގިނަ ބަރުދަން އުފުލޭ ޑްރޯންތައް ހިމެނޭ ގޮތަށް މި ފިޔަވަޅު އަޅާނެ އެވެ.
އެކްސްޕޯޓްކުރާ ފަރާތްތަކުން އެންޑް ޔޫޒަރާއި އެމީހުންގެ މަގުސަދު ފާހަގަކޮށް ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަސްކަރީ ބޭނުންތަކަށް ޑްރޯން އެކްސްޕޯޓް ކުރުމަކީ މަނާ ކަމެކެވެ.
އާންމުންގެ ބޭނުންތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ ޗައިނާގެ ޑްރޯންތަކަކީ ދުނިޔޭގެ ހިއްސާގެ 70 ޕަސެންޓަށް ވުރެ ގިނަ ހިއްސާ އެވެ.
އެމެރިކާ ސަރުކާރުން ވަނީ ޔޫކްރޭނަށް އަސްކަރީ އަރައިގަތުން ކުރިއަށް ދާއިރު ޗައިނާއިން ރަޝިޔާއަށް ޑްރޯންތަކާއި އޭގެ ބައިތައް އެކްސްޕޯޓްކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.
ކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.