ހައިވޭގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދެ މީހަކު ހޯދަނީ
ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ އެކްސިޑެންޓު ވުމުން އެސަރަހައްދުގައި މަޑުނުކޮށް ދެމީހަކު ދާތަނެވެ. އެކްސިޑެންޓްވެ ވެއްޓިފައިވާ ސައިކަލު ކައިރިން ދެމީހުން ހިނގާފައި ދާތަން އަދި ވަކި ހިސާބަކުން އެކަކު ދުއްވައިގަންނަ ތަންވެސް މިވީޑިއޯއިން ފެނިގެން ދެއެވެ.
އެކްސިޑެންޓާއި ގުޅިގެން ފުލުހުން ވަނީ މިވީޑިއޯގައި ފެންނަ ދެމީހުން ހޯދުމަށް އިއުލާންކޮށްފަ
މިއެކްސިޑެންޓް ހިނގި ވަގުތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ވީޑިއޯ އިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ ބައެއް ކަމަށާއި ވީޑިއޯއިން ފެންނަ މީހުން އަދި ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ ވީޑިއޯ އިން ފެންނަ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާއި ހިއްސާކޮށްދެއްވުމަށް އެދިފައެވެ.