މަޖިލީހުގެ ފުރަތަމަ ދައުރު ދަންމާލަން ހުށަހަޅައިފި
މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ދަންމާލަން ހުށަހަޅައިފިއެވެ.
ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިދައުރު ހަމަވާނެ އެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ފުރަތަމަ ދައުރު ދަންމާލަން ހުށަހަޅާފައެވެ.
ދައުރު ދަންމާލަން ހުށަހަޅާފައި ވަނީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުގެ ސަބަބުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މިމަހުގެ 26 ވާ ހޯމަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ފުރަތަމަ ދައުރު ދަންމާލުމަށް މެންބަރުންގެ ވޯޓަށް މިއަދު އައްސަވާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ގަސްތުކުރަނީ މި ދައުރު 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.