ހުޅުމާލޭގައި މެދު ފަންތީގެ ހޮޓެލް ތަރައްގީ ކުރާނެ ފަރާތެއް ހޯދަނީ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މެދުފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅަން އެދިއްޖެ އެވެ.
އެޗްޑީސީ އިން ބުނެފައިވާ ގޮތުގައި މިމަޝްރޫއު ދޫކުރުމުގައި ލޭންޑް ލީސް މޮޑެލްއަށް އިސްކަންދިން ކަމުގައިވީ ނަމަވެސް ކަމަށާއި އެހެން މޮޑެލްތަކަށް ވެސް އެކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް ހުށަހެޅިދާނެ އެވެ.
އެގޮތުން އެއްފަރާތަށް ވުރެއް ގިނަ ފަރާތްތަކުން މިމަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯޒަލް ހުށަހަޅާއިފި ހާލަތެއްގައި ބަލާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ. އަދި ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭނެ އެވެ.
އެހެންކަމުން މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް[email protected] އަށް ހުށަހެޅުމަށް އެޗްޑީސީ އިން ވަނީ އެދިފަ އެވެ.