22 ނޮވެމްބަރު 2024

Advertisement

ލުބްނާނުން އިޒްރޭލަށް ހަމަލާދޭން ފަށައިފި

06 އޭޕްރީލު 2023
-

މަސްޖިދުލް އަލް އަޤްސާ މިސްކިތުގެ ތެރޭގައި މުސްލިމުން ތިއްބާ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރޭލް ފުލުހުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް ހަމަލާދިނުމުން ލުބުނާނުން އިޒްރޭލަށް ހަމަލާތަކެއް ދީފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން ލުބްނާނުން ވަނީ އިޒްރޭލަށް އަމާޒުކޮށް 34 ރޮކެޓް ފޮނުވާލާފައެވެ.

ލުބްނާނުން އިޒްރޭލަށް 34 ރޮކެޓަ ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން 25 ރޮކެޓް ހުއްޓުވާފައިވާ ކަމަށާއި 04 ރޮކެޓު ވަނީ އިޒްރޭލަށް އަމާޒުވެފައި ކަމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ބުނެއެވެ.

Advertisement

މީގެ އިތުރުން އިޒްރޭލްގެ އެމްބިއުލާންސް ޓީމުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބްނާނުން ފޮނުވި ރޮކެޓް ހަމަލާތަކުގެ ސަބަބުން އިޒްރޭލްގެ 3 މީހަކަށް ވަނީ އަނިޔާވެފައެވެ.

އިޒްރޭލުން ވަނީ ލުބްނާނުން ފޮނުވި ރޮކެޓް ހަމަލާގެ ޒިންމާ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުގެ ބޮލުގައި އަޅުވާފައެވެ. އަދި ލުބުނާނުން ދިން ރޮކެޓް ހަމަލާގައި އީރާނުގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް އިޒްރޭލުން ވަނިީ ބުނެފައެވެ.

Advertisement

ކޮމެންޓް