ވެމްކޯ ސައިޓްގައި އަނިޔާވެފައިވާ މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
ވެމްކޯ ސައިޓްގައި މީހަކަށް އަނިޔާވެފައި ހުރި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެގެ މެންދުރުގެ ވަގުތެއްގައި ވެމްކޯގެ ސައިޓެއްގައި މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، ފުލުހުން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެމީހާއަށް ލިބިފައިވާ ގެއްލުން ތަކުގެ ތަފްސީލް ފުލުހުންދީފައި ނުވާއިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަނިޔާވެފައިވާ މީހަގެ ބޯ ވަނީ ފެޅިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު މީހާއަކީ މާލެ ބަސް ޓާމިނަލް ފަހަތުގައި އޮންނަ ވެމްކޯގެ ސަރަހައްދުގައި ހުސްގޯނި ހޮވަން އުޅޭ މީހެއް ކަމަށާއި އޭނާއަށް އަނިޔާވެފައި ވަނީ ވެމްކޯގެ ޔުނިފޯމްގައި ތިބި 2 މީހަކާއި ކުލަހެދުމުގައި ތިބި 2 މީހަކު ހިމެނޭ ގޮތަށް ހިނގި މާރާމާރީއެއްގަ އެވެ.