ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރަސްމީ ދަތުރުފުޅެއްގައި ރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވީ ޗައިނާގެ ބެއިޖިންގްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް" ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކަމަށެވެ.
މިމަހުގެ 18 އިން 23 އަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުފުޅުގައި އެމަނިކުފާނާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
މިއީ އަބްދުއްރަހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެ ވަޑާއިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.