ދޮން މަންމައަކު އޭނާގެ ދޮން ދަރިއަކަށް އަނިޔާކުރާ މައްސަލައެއް ބަލަނީ
ދޮން މަންމައަކު އޭނާގެ ދޮން ދަރިއަކަށް އަނިޔާކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އޭނާގެ ދޮންމަންމަ އަނިޔާ ކުރާ ވީޑިއޯ އަކީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ވީޑިއޯއެއް ކަމަށާއި، މިހާރު ކުއްޖާ ހުރި ހާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މިމައްސަލަ އާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އޭރު ހެދި އެސިސްމެންޓް ރިޕޯޓުން އެ ކުއްޖާ ހުރީ މާހައުލަކީ ރައްކާތެރި މާހައުލެއްގައިކަމަށް އެނގިފައިވާ ކަމަށާއި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އަނިޔާ ލިބޭ ކުއްޖާގެ ދޮން މަންމަ އިށީނދެގެން އިނދެފައި ކަމަކާ ރުޅި އައިސް އަރައިގެން ހުރި ފައިވާން ކިބަ ނަގައި އެ ކުއްޖާއަށް އަނިޔާކުރެއެވެ. މިހަދިސާ ހިނގި އިރު މިތަނުގައި އެހެން މީހުންވެސް ތިބި ކަން ވީޑިއޯ އިން އެނގެއެވެ.